އަކުޔާސް - 10 ސެޕްޓެމްބަރު 2026 - 14:33
ރާއްޖޭން ބޭރުގައި ދިވެހި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި 'ކްރޮސް ބޯޑަރ' ފީ ނެގުން މިރެއިން ފެށިގެން ހުއްޓާލުމަށް ނިންމައިފިއެވެ.މި ނިންމުމާއެކު، ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ދިރިއުޅުމުގެ ޚަރަދުތަކާއި ތަޢުލީމީ ބޭނުންތަކަށް ސަރުކާރުން ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފައެވެ. މިއީ ބޭރު ގައުމުތަކުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.
'އޮޕްޝަނަލް އިޝުއަރ ފީ' ނުވަތަ 'ކްރޮސް ބޯޑަރ ފީ' އަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގަމުން އަންނަ ފީއެކެވެ. މި ފީ ނަގަނީ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުންނެވެ. އެފަދަ މުއާމަލާތްތައް ވިސާ ނުވަތަ މާސްޓަރކާޑު ފަދަ ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް މެދުވެރިކޮށް ޕްރޮސެސް ކުރުމަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށްޓަކައި، ބޭންކުތަކުން އާންމުކޮށް މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް މި ފީގެ ގޮތުގައި އުނިކުރެއެވެ.
ކްރޮސް ބޯޑަރ ފީއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުންވެސް މިފަދަ މުޢާމަލާތްތަކަށް ނަގަމުން އަންނަ ފީއެކެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުގެ ޚިދުމަތް ތަޢާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް މިބާވަތުގެ މުޢާމަލާތްތަކުން މި ފީ ނަގަމުން އައި ނަމަވެސް، މިރެއިން ފެށިގެން މި ފީ ކަނޑާލުމަކީ ބޭރުގައި އުޅޭ ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު މާލީ ފަސޭހައެކެވެ.
5 މިނެޓު ކުރިން

5 މިނެޓު ކުރިން

5 މިނެޓު ކުރިން
5 މިނެޓު ކުރިން
5 މިނެޓު ކުރިން
10 މިނެޓު ކުރިން
ގާތްގަނޑަކަށް 2 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 2 ގަޑިއިރު ކުރިން